މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

މިފަހަރުގެ ކެރިއަރ އެކްސްޕްލޮރޭޝަން ސެޝަން މެޑިސިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް!

31 ޖުލައި 2018 - 11:07

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ޒުވާނުންނަށް އަމާޒުކޮށް ހިންގަމުންގެންދާ ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިޒިޓް އަންގާރަ ދުވަހު ބާއްވައިފި އެވެ. އޮގޮތުން މިއަހަރުގެ ހަތަރުވަނަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް ބާއްވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ގުޅިގެން އެ ހޮސްޕިޓަލުގަ އެވެ.
"ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޓޫރިޒަމް، ޓްރާންސްޕޯޓް، މެޑިކަލް، ކޮންސްޓްރަކްޝަން އަދި ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާގެ މާޙައުލާއި މެދު ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.
ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގުރާމްގެ ތެރެއިން ރާއްޖޭގެ އެކި އެކި ސެކްޓަރތަކުގައި ހަރަކާތްތެރިވާ ކުންފުނި/މުއައްސަސާތަކުގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު އަލަށް ވަޒީފާގެ ބާޒާރަށް ނިކުތުމަށް ތައްޔާރުވާ ޒުވާނުންނަށް ލިބިގެންދިއުމަކީ އެފަރާތްތަކުގެ ވަޒީފާގެ ކުރިއެރުމަށް ނުހަނު ފައިދާ ކުރާނެ ކަމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ރާވައިފައިވަނީ ކުންފުނި/މުއައްސަސާގެ މަސައްކަތްތަށް ބައިވެރިންނަށް ދައްކައި މަޢުލޫމާތު ދިނުމާއި،މަސައްކަތުގެ މާހައުލުން ތަފާތު ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުވެ އެ ދާއިރާތަކުގެ މައުލޫމާތު ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާގޮތަށެވެ. ގިނަ ޒުވާނުންތަކެއް ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.