މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

މިނިސްޓަރ ވޯލްޑް ކަޕްގެ ފޯރި ނެގީ ޒުވާނުންނާއި އެކު!

03 ޖުލައި 2018 - 09:07

ރޭ ބްރެޒިލްއާއި މެކްސިކޯ ކުޅުނު މެޗު ޒުވާނުންނާއި އެކު ބެއްލެވުމަށް ޓަކައި މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ މާފަންނު ޔޫތު ސެންޓަރަށް ވަޑައިގެންފައެވެ. ގިނަ އަދަދެއްގެ ޒުވާނުން ބޮޑު ސްކްރީނުން މެޗު ބެލުމަށްޓަކައި ރޭގައިވެސް ވަނީ މާފަންނު ޔޫތު ސެންޓަރަށް ގޮސްފައެވެ. މިނިސްޓަރ އިރުތިޝާމް އާއި އެކު ޔޫތު މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓާރުންނާއި އިތުރު އިސްވެރިން ވެސް ވަނީ މެޗު ބެއްލެވުމަށް ވަޑައިގެންފައެވެ. މިފަހަރު ވޯލްޑް ކަޕްގެ ފޯރި ޒުވާނުންގެ ތެރޭގައި ވަރަށް ބޮޑަށް އޮތްއިރު، ޔޫތު މިނިސްޓްރީން ވަނީ އެ ޒުވާނުން އެއްތަނެއްގައި ތިބެ މެޗް ބެލުމަށްޓަކައި ޒުވާނުންގެ އެދުމުގެ މަތިން 60 ޔޫތު ސެންޓަރަށް ޕްރޮޖެކްޓަރ ހަދިޔާ ކޮށްފައެވެ. ޒުވާނުންނަށް ޚާއްސަ އަހަންމިއްޔަތެއް ދެއްވައިގެން މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، މާލެއާއި އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތައް ތަރައްގީކޮށް ހިންގުން ހަރުދަނާ ކުރުންދަނީ ރައީސްގެ އިސްނެންގެވުމާއި އެކުއެވެ. ކުރިއާ އަޅާ ބަލާއިރު ޒުވާނުންގެ މަރުކަޒުތަކުގެ ކަންކަން ޒިންމާދާރުކަންމަތީ ހިންގަމުންދާއިރު، އެ މަރުކަޒުތަކުގައި ފެންވަރު ރަނގަޅު ތަކެތި ހުރުމަކީ ރައީސްގެ އެއް އަމާޒެވެ. މި އަމާޒުގެ ދަށުން ރާއްޖޭގެ 20 ޔޫތު ސެންޓަރު ވަނީ ތަރައްގީކޮށް ފެންވަރު ރަނގަޅު އިކުއިޕްމެންޓާއި އެކު އަލުން ހުޅުވާ ޚިދްމަތްދޭން ފެށިފައެވެ. އަދި މުޅިން އަލަށް އަތޮޅުތެރޭގައި ވަނީ 20 ޔޫތު ސެންޓަރ ހުޅުއްވައިފަ އެވެ.