މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޖަންގަލް ކަޕް އިންޓަރ އޮފީސް ވިމެންސް ފުޓްސަލް ޓޯރނަމެންޓް ގއ.ވިލިނގިލީގައި ފަށައިފި!

02 ޖޫން 2018 - 00:06

ގއ.ވިލިގިނގިލި ޒުވާނުންގެ މަރުކަޒާއި ޖަންގަލް ސްޕޯޓްސް ކްލަބް ގުޅިގެން ޖަންގަލް ކަޕް އިންޓަރ އޮފީސް ވިމެންސް ފުޓްސަލް ޓޯރނަމެންޓް ގެ ނަމުގައި އަންހެނުންގެ ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ އެފް.އޭ.އެމްގެ ނައީބު ރައީސާ އައިޝަތު ނާޒިމާއެވެ. މި މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގއ.ވިލިގިނގިލި ޒުވާނުންގެ މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ 6 އޮފީހަކުން ޖުމްލަ 7 ޓީމު ބައިވެރިވެފައިވާކަމަށެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ މި މުބާރާތް ފެށުމުގެ ކުރިން ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލުކޮށްފައިވާކަމަށެވެ.
ގއ.ވިލިނގިލި ޒުވާނުނުންގެ މަރުކަޒުން އިސްނަގައިގެން މިދިޔަ ހަފްތާގައި ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް ވިލިނގިލި އާއި ގުޅިގެން ވޮލީބޯޅަ މުބާރާތެއްވެސް ފައްޓާފައެވެ. އަދި މިފަދަ މުބާރާތްތައް ރޭގަނޑު ކުޅެވޭ ވަރުގެ އަލިކަން މީގެކުރިން ނެތުމުގެ ސަބަބުން ޔޫތު މިނިސްޓްރީއިން ވަނީ އެ ރަށު ވޮލީ ކޯޓުގައި ކުރިން ހަރުކޮށްފައި ހުރި ލައިޓްތައް ނަގާ އާ ލައިޓްތައް ހަރުކޮށްފައެވެ.