މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ކުޅުންތެރިންނަކީ ރިވެތި އަޚުލާގާއި ސުލޫކީ މިންގަނޑު ކުޅިވަރުގެ ތެރޭގައްޔާއި ބޭރުގައިވެސް ހިފަހައްޓާ ބަޔަކަށްވުމަށް މިނިސްޓަރ އިރުތިޝާމް އާދަމް އިލްތިމާސް ކުރައްވައިފި!

20 އޭޕްރިލް 2017 - 00:04

ޓެނިސް އެސޯސިއަޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވުނު އެއްވަނަ އައި.އޭ.އެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ކުޅުންތެރިންނަކީ ހިތްވަރާ އަޒުމާއެކީ ކާމިޔާބަށް ވާސިލުމުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް ވިދާޅުވިގޮތުގައި ރާއްޖޭގެ ޓެނިސްއަކީ ފުޅާދާއިރާއަކަށް ކުޅެވޭ ކުޅިވަރަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންންނެވެ. "ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ސަރުކާރުންވަނީ ޓެނިސް އެސޯސިއޭޝަން މޯލްޑިވްސްއަށް އަހަރީ ބަޖެޓެއް ހަމަޖައްސަވައިދެއްވައި ޤައުމީ ޓެނިސް ކުޅުންތެރިންނަށް މުސާރަ ހަމަޖައްސަވައި ދެއްވާފަ" މިނިސްޓަރ ވިދާޅުވިއެވެ.

އެޕްރީލް 6 އިން 16 އަށް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށްދިޔަ މިމުބާރާތުގައި 68 ފިރިހެން ކުޅުންތެރިންނާއި 68 އަންހެން ކުޅުންތެރިން 10 ކެޓެގަރީގައި ވާދަކުރިއެވެ. މިމުބާރާތުގެ އެކްސްކްލޫޒިވް ސްޕޮންސަރ އަކީ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑުންނެވެ.